English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 12 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މިގެނެސްދެނީ ފުށް ޖެހި ބަރަބޯ ކަވާބު ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި
2 ޖޯޑު ބަރަބޯ ކައްކާ މޮޑެފައި
1 ގަނޑު ވަޅޯމަސް ކޮށާފައި
1 ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި
2 ފިޔާ ހިމުންކޮށް ކޮށާފައި
2 ހިކަނދިފަތް ހިމުންކޮށް ކޮށާފައި
3 ފަޅި ލުނބޯ
1/2 ސައި ސަމުސާ މުގުރި އަސޭމިރުސް
1 ސައި ސަމުސާ ޗިކަން ކިއުބް
1 ޖޯޑު ފުށް
ލޮނުކޮޅެއް
ރީނދޫ ކޮޅެއް ކުލަ ހިފާވަރަށް
ތެޔޮ
ތައްޔާރުކުރާނެ ގޮތް:
ފިޔާ ،ހިކަނދިފަތް، މިރުސް އެއްކޮށް ރަހަ ނިކުންނަ ވަރަށް މޮޑެލާށެވެ.
މަސް ،ހުތް، ލޮނު ބަރަބޯ،އަސޭމިރުސް ،ކިއުބް ރީނދޫ ކޮޅެއްވެސް އެއްކޮށްގެން ކުރީގެ ބަޔާއި އެއްކޮށް ގުޅަ ގުޅަ ވެށޭވަރަށް މޮޑެފައި ކުދިކޮށް ގުޅަވަށާފައި ބަހައްޓާށެވެ.
ދެން ފުށްކޮޅު އޮލަކޮށް ގިރާލާށެވެ .
ކުލަހިފާވަރަށް ރީނދޫ ކޮޅެއްލާށެވެ. ގުޅަތައް ފުށަށްލާށެވެ.
ތަވާ އުދާފައި ތެޔޮ އަޅާލާށެވެ .ކެކުމުން ފުށަށް ލާފައި ހުރި ގުޅަތައް ތެލުލާށެވެ.