English Edition
Dhivehi Edition

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއި ޑރ.ފާތިމަތު މުފްލިހާއާއި ގުޅިގެން މިއަހަރުގެ ސިއްޙަތު ދުވަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ “މަގޭ ސިއްހަތު” ވެބިނަރ ގެ 2 ވަނަ ސީރީސް މާބަނޑު މީހުންނަށް ޚާއްޞަ ކޮށްގެން ގެންނަ ގޮތަށް ހަމަޖައްސައި ރެޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.

އާންމުކޮށް ހުޅުވާލައިގެން އޮންލައިން ކޮށް ކުރިއަށް ގެންދާ މި ސީރީސްގެ މި ހަފްތާގެ މައުޟޫއަކީ “މާބަނޑު ދުވަސްވަރު އަހަންމިއްޔަތު ދޭންވީ ކަންކަން. ޚާއްޞަ ނަޒަރެއް ހަދަން ޖެހޭ ސްކޭންތަކަށް” މި މައުޟޫ އެވެ.

މި ސެޝަން ކުރިއަށް ގެންދާނީ އެޕްރީލް 5 ވަނަ ދުވަހުގެ ރޭ 22:00 އިން 23:00 އަށް އޮންލައިން ކޮށެވެ.

ސެޝަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މަތީގައިވާ ޕޯސްޓާރގައިވާ ކިއު.އާރު ކޯޑު މެދުވެރިކޮށް ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކޮށްލެވޭނެއެވެ.
https://forms.gle/YJ7148YsZAR52wQ46
މި ވެބިނަރ ސީރީސްއަކީ ޑރ.ފާތިމަތު މުފްލިހާއާއި ގުޅިގެން ސިއްޙީގޮތުން މީހުން ހޭލުންތެރިކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދިއުމަށް ހަމަޖހިފައިވާ ސީރީސްއެކެވެ.
ޑރ. ފާތިމަތު މުފްލިޙާއަކީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ކޮންސަލްޓެންޓްއިން ރޭޑިޔޮލޮޖީގެ މަގާމު ފުރުއްވަވަމުން އަންނަ ޑޮކްޓަރެކެވެ.