English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 12 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ހަށިގަނޑު ފިނިކޮށްދޭނެ ސިއްޙަތަށް ވަރަށް ފައިދާ ހުރި ބުއިމެއް ކަމަށްވާ ކިއުކަމްބާ މިންޓް ކޫލަރ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި : (8 ތަށްޓަށް)

2 ޖޯޑު ކިއުކަމްބާ ފޮތިކޮށްފައި

2 ލުނބޮލުގެ ހުތް

1/2 ޖޯޑު މިންޓްފަތް

1 ޖޯޑު ހަކުރު (ނުވަތަ ރަހަލާވަރަށް)

1 ލީޓަރ ފެން

10 އައިސްކިއުބް

ތައްޔާރު ކުރާނެގޮތް:

ކިއުކަމްބާ، ލުނބޯހުތް، މިންޓްފަތް، ހަކުރު އަދި އައިސް ކިއުބް މިކްސަރަށް އެޅުމަށް ފަހު ގިރާލާށެވެ. ތައްޔާރު ކުރި ޖޫސް ތަށިތަކުގެ މެދާހަމައަށް އެޅުމަށްފަހު ބޭނުންވާ ވަރަށް ފެންއަޅާލާށެވެ. މިޑްރިންކް ގާނިޝް ކުރުމަށް ލުނބޯ ފޮއްޗަކާ މިންޓްފަތް ކޮޅެއް އަޅާލެވިދާނެ އެވެ.