English Edition
Dhivehi Edition
މަސްލިދުލްއަޤްސާ

ފަލަސްތީނުގެ މަސްޖިދުލް އަޤްސާ ގެ ބޭރުގައި އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ޑޮކްޓަރަކު ޝަހީދުކޮށްލައިފިއެވެ.

އިޒްރޭލު ސިފައިން ޝަހީދުކުރީ އެ ގައުމުގެ ދެކުނުގައި އޮންނަ ބަދުޢީންގެ އަރަބި އަވަށެއް ކަމަށްވާ ހޫރާއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މުޙައްމަދު ޚާލިދު އަލް އުސައިބީއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ މަރާލީ، ހޮނިހިރު ދުވަހުގެ ވަގުތެއްގައި އަލް-އަޤްސާ މިސްކިތުގެ ކުރިމަތީ ބަޑިން ޙަމަލާ ދީގެންނެވެ.

އެމަންޒަރު ދުށްމީހުންނާއި ޙަވާލާދީ އަލްޖަޒީރާއިން ބުނީ އިޒްރޭލުގެ ސިފައިން އޭނާ ޝަހީދުކޮށްލީ 10 އަކަށްވުރެ ގިނަ ވަޒަން އޭނާގެ ގަޔަށް ފޮނުވައިގެން ކަމަށެވެ. އެ މީހުން ބުނީ އޭނާގެ ގަޔަށް ބަޑި ޖެހީ އިޒްރޭލުގެ ސިފައިން ހަމަލާދެމުން ދިޔަ އަންހެނަކު ސަލާމަތް ކުރުމަށް ޚާލިދު މަސައްކަތް ކުރަނިކޮށްކަމަށެވެ.

މިޙާދިސާއާއި ގުޅިގެން ފަލަސްތީނުގައި އިތުރު ހަމަނުޖެހުންތަކެއް ހިނގާފާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

މިކަމާގުޅޭގޮތުން އިޒްރޭލުގެ ސިފައިން ބުނީ މަރުވި ފަލަސްތީނުގެ ޑޮކްޓަރަކީ ރޮމޭނިއާގައި ހުންނަ މެޑިކަލް ސްކޫލަކުން ދަސްވެނިވެފައިވާ މީހެއް ކަމަށާއި އޭނާ މަރުވީ، އިޒްރޭލުގެ ސިފައިންގެ މީހެއްގެ އަތުން ބަޑި ޖަހައިގަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ.