English Edition
Dhivehi Edition

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ބަންދުކުރި މުސްލިމުންގެ މުގައްދަސް މިސްކިތް، މަސްޖިދުލް އަގްސާ ހުޅުވައިފިއެވެ.

މި އަހަރުގެ މާޗް 15 ވަނަ ދުވަހު ބަންދުކުރި އަގްސާ މިސްކިތް ދެ މަސް ދުވަހަށްފަހު ހުޅުވާފައި މިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ސިއްހީ ގޮތުން އަޅަންޖެހޭ ވަރުގަދަ ފިޔަވަޅުތަކާއި އެކު އަގްސާ ހުޅުވާފައިވާއިރު، މިސްކިތަށް ދާ ފަރާތްތަކުން ފޭސް މާސްކާއި އަމިއްލަ މުސައްލަ ގެނައުމަށް ވަނީ އަންގާފައެވެ،

އަގްސާ އާއި ކައިރި ސަރަހައްދެއްގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން އެ މިސްކިތް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލާފައި ވަނީ ވައިރަސް އެ ސަރަހައްދުގައި ފެތުރުން ކޮންޓްރޯލްވުމާ ގުޅިގެންނެވެ.

މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް މިސްކިތް ރަމަޟާން މަހު ބަންދުކޮށްފައި ހުރި ނަމަވެސް މިސްކިތުން ކޮންމެ ދުވަހަކުވެސް ބަންގި ގޮވުމާއި މިސްކިތުގައި މަސައްކަތް ކުރާ މީހުންނަށްވެސް އެތަނަށް ވަދެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.