English Edition
Dhivehi Edition
ލުހެއިމް މުހައްމަދު އިސްމާއިލް

ފިލިޕީންސްގައި ދިރިއުޅޭ ދިވެއްސަކު ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެ ބޮޑެތި ޒަޚަމްތަކާއެކު އައިސީޔޫ ގައި ފަރުވާ ދޭން ފަށައިފިއެވެ. މިއެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާ ދެމުންދަނީ ފުވައްމުލައްސިޓީއަށް ނިސްބަތްވާ ޒުވާނެކެވެ. ޢުމުރުން 21 އަހަރުގެ ލުހެއިމް މުހައްމަދު އިސްމާއިލް ނަމަކަށް ކިޔާ މިޒުވާނާއަކީ އެޤައުމުގެ އެއާރވޯކްސް އޭވިއޭޝަން އެކަޑަމީގައި ޕައިލެޓް ޓްރޭނިން ކޯހެއް ހަދަމުންދާ ދަރިވަރެކެވެ.

އެކްސިޑެންޓް ހިނގައި އޭނާގެ ދެފަޔާއި ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިކަމަށް އާއިލާއިން އޭއޯއާއި ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ރޭ އިރާކޮޅު ލުހެއިމް ދުއްވާފައި ދިޔަ ސައިކަލެއް، ބާރު ސްޕީޑުގައި ދިޔަ އެހެން ސައިކަލެއް ޖެހި ވިއްސައިގެން ދިޔަވަގުތު ހޮޅި ދަނޑިއެއްގައިވެސް ޖެހިގެންނެވެ.

ލުހެއިމް، ވަނީ ޕައިލެޓްކޯހުގެ ބޮޑުބައި ނިންމުމަށް ފަހު ސޯލޯ ފްލައިޓް ތަމްރީން ވެސް ނިންމާފައެވެ.