English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 11 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ އެޕަލް ބަނާނާ ސްމޫތީ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި: (4 ކުޑަ ތަށްޓަށް)

1 ޖޯޑު ދޮންކެޔޮ ފޮތިކޮށްފައި

1 ޖޯޑު އާޕަލު ފޮތިކޮށްފައި

1 ޖޯޑު ފިނިކުރި ކިރު

10 އައިސް ކިއުބް

1 މޭޒުމަތީ ސަމުސާ ހަކުރު

1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

ތައްޔާރު ކުރާނެގޮތް:

މަތީގައި ވާ ހުރިހާ އިންގްރެޑިއެންޓެއް ބްލެންޑަރަށް އަޅާފައި އޮލަކޮށް ގިރާލާށެވެ. 4 ބިއްލޫރި ތަށި ނަގާފައި ތަށްޓަށް ހަމަ ހަމައަށް ތައްޔާރު ކުރި ސްމޫތީ އަޅާލާށެވެ. ގާނިޝް ކުރުމަށް އާފަލު ފޮއްޗަކާއި ދޮންކެޔޮ ފޮއްޗެއް ތަށްޓަށް އަޅާފައި ސާރވް ކުރާށެވެ.