English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 9 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ޕީޗް ލެމަން ސޮޑާ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި: (4 ތަށްޓަށް)

2 ޖޯޑު ޕީޗް އޮށްނަގާފައި ކޮށާފައި

2 ޖޯޑު އައިސް ފެން

1/2 ޖޯޑު ހަކުރު

1/4 ޖޯޑު ލުނބޯ ޖޫސް

1 ޖޯޑު އައިސް

މިންޓް ފަތް ގާނިޝް ކުރުމަށް

1 ތަށި ލެމަން ސޮޑާ ނުވަތަ ސްޕްރައިޓް

ތައްޔާރުކުރާނެގޮތް:

ބްލެންޑަރަށް ފެން ޖޯޑު އަޅާފައި ޕީޗް. ހަކުރު، ލެމަން ޖޫސް އަދި އައިސް ކިއުބް އަޅާފައި އޮލަވަން ދެން ގިރާލާށެވެ. ބިއްލޫރި ތަށްޓެއް ނަގާފައި 3/4 ޕީޗް ޖޫސް އަޅާފައި މައްޗަށް 1/4 ލެމަން ސޮޑާ ނުވަތަ ސްޕްރައިޓް އެޅުމަށް ފަހު އައިސް ކިއުބް އަޅާށެވެ. މިންޓްފަތް އަދި ޕީޗް ފޮއްޗަކުން ގާނިޝް ކުރުމަށްފަހު ސާރވް ކުރާށެވެ.