English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 8 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިއަދު މިގެނެސްދެނީ މާޝްމެލޯ ޕައިނެޕްލް މޫސް ކޭކް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

3 ބިހުގެ ގޮބޮޅި
50 ގ. ހަކުރު
250 އެމް .އެލް މިލްކް
250 ގ. ވިޕްކްރީމް
15 .ގ ޖެލެޓިން
100 އެމް .އެލް އަލަނާސި ޖޫސް
150 ގ. މާޝް މެލޯ ކުދިކޮށް ކޮށާފައި
1 ސްޕޮންޖް ކޭކް ކުޑަ
ތައްޔާރުކުރާނެ ގޮތް:
ބިހާއި ހަކުރު އެއްކޮށް ރަނގަޅަށް ގިރާލާށެވެ.
ކިރު ވެސް އެބަޔާއި އެއްކޮށްލާށެވެ.
ވިޕްކްރީމް ވިޕްކޮށްފައި އެއާއި އެއްކޮށްލާށެވެ.
ޖޫސް ވެސް އެއްކޮށްލާށެވެ.
ޖެލެޓިން ކޮޅު ގިރާފައި އެއާއި އެއްކޮށް ރަނގަޅަށް މިކްސްކޮށްލާށެވެ.
މާޝްމެލޯ އެއެެްކޮށްފައި މިކްސް ކޮށްލާށެވެ.
ޓްރޭއެއްގައި ކޭކް ބާއްވާށެވެ.
މިކްސް ކުރި ކްރީމްގަނޑު އޭގެ މަތީގައި ފަތުރާލާށެވެ.
1 ގަޑި އިރުވަންދެން ނުވަތަ ދޮޅު ގަޑިއިރު ވަންދެން ޑީ ފްރިޒަރަށް ލާށެވެ.