English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 8 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ މެންގޯ މޮހީޓޯ ތައްޔާރު ކުރާނެ ގޮތެވެ.

ތައްޔާރުކުރާނެގޮތް: (2 ތަށްޓަށް)

4 ޓޭބަލް ސްޕޫން އަނބު (މިކްސަރުން ފުނޑާފައި ޕިއުރީ ކޮށްފައި ހުރި)

3 ޓޭބަލް ސްޕޫން ލުނބޯ ހުތް

4 ޓޭބަލް ސަޕޫން ޝުގަރ ސިރަޕް

މިންޓްފަތް

ސްޕްރައިޓް

އައިސް ކިއުބް

ތައްޔާރުކުރާނެގޮތް:

ތަށްޓަކަށް މިންޓްފަތް އަޅާފައި ސަމުސަލަކުން ރަހަ ނިކުންނަ ވަރަށް ކުޑަކޮށް ޗަސް ކޮށްލާށެވެ. ދެން ކޮކްޓެއިލް ޝޭކަރ އަކަށް ޗަސްކުރި މިންޓްފަތް، ޝުގަރ ސިރަޕް ލުނބޯހުތް އަދި އަނބު އަޅާފައި ރަނގަޅަށް ހަލުވާލާށެވެ. ބިއްލޫރި ދެ ތަށިނަގާފައި ދެތަށްޓަށް އައިސް ކިއުބް އަޅާފައި ޝޭކަރ ގައި ހުރި ޖޫސް ތަށްޓަށް އަޅާފައި ސްޕްރައިޓް އެޅުމަށްފަހު ގާނިޝް ކުރުމަށް މައްޗަށް ލުނބޯ ފޮއްޗަކާ މިންޓް ފަތެއް އަޅާފައި ސާރވް ކުރާށެވެ.