English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 7 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިއަދު މިގެނެސްދެނީ ކޮފީވިތް ކްރީމް ޕުޑިން ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި
1 ދަޅު ބައި ގެރިކިރު
7 ބިސް
1/2 ޖޯޑު ނެސްލޭ ކްރީމް
4/3 ޖޯޑު ފެން
ކޮފީ ކޮޅެއް ކުލަ ހިފާވަރަށް
3 މޭޒުމަތީ ސަމުސާ ހަކުރު ކެރެމަލް ކުރަން
1 ސައިސަމުސާ ބައި ވެނީލާ އެސެންސް
ތައްޔާރު ކުރާނެ ގޮތް
ފެނާއި ކިރު ،ކޮފީ އަދި ކްރީމް އަޅާފައި ރަނގަޅަށް ގިރުމުން ބިހާއި އެސެންސް އެއްކޮށް ގިރާލާފައި ފުރާނާފައި ބަހައްޓާށެވެ.
ޓްރޭއަށް ހަކުރުކޮޅު އަޅާފައި އުނދުން މައްޗަށް އުދާލާށެވެ.
ހަކުރުކޮޅު ބްރައުންވީމާ ގިރާފައި ހުރިބައި ޓްރޭއަށް އަޅާފައި އާވިން ކައްކާލާށެވެ.
ނުވަތަ އަވަނުން ފިހެލާށެވެ.
މިޕުޑިންގ ވެސް ވަރަށް ގިނަ ގޮތް ގޮތަށް ތައްޔާރު ކުރެއެވެ.