English Edition
Dhivehi Edition
މުޙައްމަދު ރަފީޢު

އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާގައި ހުންނަވަނިކޮށް އައްޑޫސިޓީ ހިތަދޫ ހިޖުރަ މުޙައްމަދު ރަފީޢު ނިޔާވެއްޖެއެވެ.

އައްޑުއަތޮޅު އަތޮޅު އޮފީހާއި އެޓާނީ އޮފީހުގެ އައްޑޫ ގޮފީގައި ވެސް ދިގު މުއްދަތަކަށް އިސް މަޤާމްތަކެއް ފުރުއްވުމަށްފަހު ރިޓަޔަރ ވެވަޑައިގެންފައިވާ ރަފީޢު ޢުމްރާއަށް ވަޑައިގެންނެވީ އަލްއައިން ޓްރެވަލް އެންޑް ޓުއާސްގެ ހަވާލުގައެވެ.

ރަފީޢު ނިޔާވީ ރޯގާ ޖެހި ނޭވާލާން އުނދަގޫވެގެން މައްކާގެ އައްނޫރު ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު އޮކްސިޖަން ދަށްވެގެންކަމަށް ޢާއިލާއިން އޭއޯއާއި ވާހަކަ ދެއްކި މީހަކު ކިޔައި ދިނެވެ.

ރަފީއު ގެ ދެ ކަނބަލުން ޢުމްރާއަށް ވަޑައިގެންނެވީ މުޅި ރަމަޟާން މަހު މައްކާގައި ހޭދަކުރާގޮތަށެވެ.

މިއަހަރުގެ ޖަނަވަރީ މަހު ވެސް ރާއްޖެއިން އުމްރާއަށް ގޮސްއުޅުނު އުމުރުން 84 އަހަރުގެ ދިވެހި އަންހެނަކު ވަނީ ނިޔާވެފައެވެ.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

ޓެގު