English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 4 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ކެރެޓް ލެމަނޭޑް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި: (400މލ ޖޫހަށް)

150ގ ކެރެޓް ގާނާފައި

5 ލުނބޮލުގެ ޖޫސް

1 އޮރެންޖްގެ ޖޫސް

150ގ ހަކުރު (ރަހަލާވަރަށް)

އައިސް ކިއުބް

ސްޕާކްލިންގ ވޯޓަރ / ސްޕްރައިޓް

ތައްޔާރުކުރާނެގޮތް:

ބޯތަށްޓަ ކަށް ކެރެޓް، ލެމަންޖޫސް، އޮރެންޖް ޖޫސް އަދި ހަކުރު އަޅާފައި ގިރާލުމަށްފަހު 1 ގަޑި އިރު ވަންދެން ފްރިޖްގައި ބަހައްޓާށެވެ. ފްރިޖުން ނަގާފައި ހަކުރު ވިރެންދެން ސަމުސަލަކުން ގިރާފައި ފުރޭންޏަކުން ފުރާނާފައި ޖަގަކަށް އަޅާލާށެވެ. ދެން ތަށްޓަކަށް 25މލ ނުވަތަ އެމީހަކު ފޮނި މިން ބަހައްޓަން ބޭނުން ވާވަރަކަށް ތައްޔާރު ކުރި ކެރެޓް ލެމަނޭޑް އަޅާށެވެ. އެއަށްފަހު މީގެ ތެރެއަށް ސްޕާކްލިން ވޯޓަރ ނުވަތަ ސްޕްރައިޓް އަދި އައިސް ކިއުބް އަޅާފައި ސާރވްކުރާށެވެ.