ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް އާސަހަރާގައި ސްކްރީން ހަރުކޮށްފި އެވެ.
މިއީ މިފަދަ ސްކްރީނެއް ބެހެއްޓި ފުރަތަމަ ފަހަރެވެ.
މާލެސިޓީ ކައުންސިލާއި ނަސޭހަތް ޖަމިއްޔާ ގުޅިގެން ބެހެއްޓި މި ސްކްރީނުގައި ކަށުނަމާދާއި ގުޅޭ މައުލޫމާތާއި މައްޔިތާގެ މައްޗަށް ކުރެވިދާނެ ދުއާތަކާއި ދީނީ އިރުޝާދުތައް ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.
މިކަމާއި ގުޅިގެން މާލޭ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސަހަރާއާއި މިސްކިތާއި އަދި މުޅި ސަހަރާ ކޮމްޕައުންޑް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވި އޭގެ ބައެއް ކަންކަން މި ރޯދަމަހަށް ނިމިފައިވާ ކަމަށެވެ.
އެކަންކަމަށް އެކި ފަރާތްތަކުން ދެއްވާ އެހީތެރިކަމަށް މޭޔަރު ވަނީ ޝުކުރުއަދާ ކުރައްވާފަ އެވެ.