English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ. މި ކޮލަމްގައި މިއަދު ގެނެސްދެނީ ރޯދަ ވީއްލުމަށް ބޯން ވަރަށް ފައިދާ ހުރި މީރު ބުއިމެއް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ.

ބޭނުންވާތަކެތި: (2 ތަށްޓަށް)

1 1/2 ޖޯޑު ކުރުނބާ ފެން

3 އައިސް އެޕަލް

1/4 ޖޯޑު ކާށި ހެވާ

1 މޭޒުމަތީ ސަމުސާ ހަކުރު

ތައްޔާރުކުރާނެގޮތް:

ބެލެންޑަރަށް ކުކުރުނބާ ފެން، ހެވާ އަދި ހަކުރު އަޅާފައި ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ދެން ތަށްޓަށް ޖޫސް އަޅާފައި އައިސް އެޕަލް ކިއުބް ގޮތަށް ކޮށާފައި މައްޗަށް އަޅާށެވެ. ފިނި ކުރަން ބޭނުން ނަމަ އައިސް ކިއުބް އަޅާފައި ސާރވް ކުރާށެވެ.