English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

އެމަނިކުފާނު މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި މިއީ ފޭދޫ ސްކޫލުގެ 50 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި ބައިވެރިވެ ވަޑައިތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

ރައީސް ސާލިހު އައްޑޫ އަށް ވަޑައިގަންނަވާނީ މާދަމާ ހަވީރުގެ ވަގުތެއްގަ އެވެ.

މި ދަތުރުފުޅުގައި ނޭޝަނަލް ކޮލެޖް ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި އައްޑޫ ސިޓީގެ އަވަށްތަކަށް ޒިޔާރަތް ކުރެއްމަށްވެސް ވަނީ ހަމަޖެހިފަ އެވެ.