މާލޭ ސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ “ފަންނުވެރިޔާ” ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފަންނުވެރިޔާގެ ނަމުގައި ކުރިއަށް ދާ މި އެކްސްޕޯގައި އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަކޮށްފައިވާ ފޯމް ސިޓީ ކައުންސިލަށް މެއިލްކުރުމަށް އެދިފައެވެ.
“Fannuveriya”
A free, one month Arts & Craft workshop by Male City Council is now open for Applications. To apply please click the below link. https://t.co/LFx7GQtExw
Hurry and apply !! pic.twitter.com/AXxHaRRmEr
— Male' City Council (@MaleCitymv) February 25, 2023
މާލެ ސިޓީ ކައުންސިލުން ބުނީ ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމި އެ ޕްރޮގުރާމަކަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. ފެސްޓިވޯ އިންސްޓިޓިއުޓް އޮފް އާޓް އެންޑު ޑިޒައިންއާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ބޭނުންވާ ހުރިހާ ތަކެތި ފޯރުކޮށްދޭނީ މާލެ ސިޓީ ކައުންސިލުންނެވެ.