English Edition
Dhivehi Edition

މާލޭގައި ރޭ ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މާފަންނު ބީޖީ ގަރާޖު ކައިރި ހުރި ކްރާސާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ރޭ 9:30 ހާއިރުއެވެ. މައުލޫމާތު ލިބޭ ގޮތުގައި އުމުރުން 30 އަހަރުގެ އެމީހާއަކީ ނިސްބަތްވާ ޒުވާނެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ފިހާރަށް އެ ޒުވާނާވަނީ އޭނާ ހޯދަމުން ދިޔަ ބަޔަކަށް ފިލުމަށެވެ. ހަމަލާދިން މީހުން ވަނީ ފިހާރަތެރެއަށް ވަދެ އެމީހާގެ ބޮލަށާއި، ކަރު، މޭމަތި، ބަނޑުގެ އިތުރުން ފައިގެ ދެ ކަކުލަށް ވެސް ވަނީ ވަޅި ހަރައި ފުންކޮށް ޒަހަމް ކޮށްލާފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޮޕަރޭޝަން ތިއޭޓަރުގައި ދޭންޖެހޭ ފަރުވާތައް ދިނުމަށްފަހު މިހާރު އޭނާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޓެގު