English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް/މުޙައްމަދު ޝަރުހާން

އައްޑޫ ސިޓީގައި ހިނގި މާރާމާރީގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފިއެވެ.

މި މަހުގެ 3 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫ ޕޯޓްކުރިމަތީގައި ހިނގި މި މާރާމާރީ ގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ފިރިހަނަކަށެވެ، ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގެ ރިޕޯޓް ފުލުހަށް ލިބިފައިވަނީ ރޭ 20:29 ހާއިރުކަމަށެވެ.

މި މާރާމާރީގައި އަނިޔާވި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ،

މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ،

ޓެގު