English Edition
Dhivehi Edition
ފޭދޫ ހިއްކި ބިމުގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޓްވިޓާ

އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ރޭ ހިނގި މަރާމާރީގައި ލިބުނު އަނިޔާތަކަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 21 އަހަރުގެ ފިރިހަނެކެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގާ މީހަކު ޒަހަމްކޮށްލި ކަމުގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 3:10 ހާއިރުކަމަށެވެ.

އިތުރަށް ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މިއީ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މަސްތުވާތެކެއްޗާއި ގުޅުން ހުރި މާރާމާރީއެއްކަން އެގިފައިވާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.