English Edition
Dhivehi Edition
ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު މިހާރު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭނެ--- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އާއި ދެކޮޅަށް ގިނަ ބަޔަކު ނުކުމެ ސޯޝަލް މީޑިއާގައި ބޮޑު ކެމްޕެއިނެއް ފަށާފައިވާއިރު ރާއްޖޭގެ އޮންލައިން ނޫހަކުން ބީއެމްއެލް އާއި ބެހޭ ގޮތުން ލިޔުނު ހަބަރު އެ ބޭންކުން ދޮގުކޮށްފިއެވެ.

ރާއްޖޭގައި އޮންލައިންކޮށް ހިންގާ ނޫހެއްގައި ލިޔެފައިވަނީ ބޭންކް އޮފް މޯލްޑިވިސް ބީއެމްއެލް ގައި ހުޅުވާފައިވާ މީހެއްގެ އެކައުންޓެއްގައި ހުރި 1 މިލިއަން ރުފިޔާގެ އެކައުންޓްގެ ވެރިފަރާތަށް ނޭގި އެކި މީހުންގެ އެކައުންޓްތަކަށް ޓްރާންސްފަރކޮށް ވިޔަފާރިކޮށް ބޮޑު ސްކޭމެއް ހިންގާފައިވާކަމަށެވެ.

މި ހަބަރާއި ގުޅިގެން ބީއެމްއެލް އިން ވަނީ ރަސް އޮންލައިން ގައި ޝާއިއުކޮށް ވަނީ ދޮގު މައުލޫމާތުކަމަށް ބުނެފައެވެ. އަދި މީޑިއާ އިން ޒިންމާދާރުކަމާއެކު ހަބަރު ގެނެސްދިނުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.