English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކްގެ މޮބައިލް ވޮލެޓުން ކުރެވޭ މުޢާމަލާތްތަކަށް ބަދަލު ގެނެސްފިއެވެ.

މިގޮތުން ބީއެމްއެލް އިން ބުނީ 21 ފެބުރުވަރީ 2023 އިން ފެށިގެން ބޭންކްުގެ ވޮލެޓް މެދުވެރިކޮށް ކިއުއާރު ބޭނުންކޮށްގެން ކުރެވޭ ކޮންމެ މުޢާމަލާތެއްގެ އެންމެ މަތީ އަދަދީ 750ރ. ކަމަށެވެ. އަދި ކިއުއާރު ބޭނުންކޮށްގެން މޮބައިލް ވޮލެޓުން ދުވާލެއްގެ މައްޗަށް ކޮންމެ ކަސްޓަމަރަކަށް ކުރެވޭނީ ގިނަވެގެން 10 މުޢާމަލާތް ކަމަށެވެ.

މީގެ އިތުރުން، މި ލިމިޓްތަކަށްވުރެ އިތުރަށް ބޭނުންވާ ކަސްޓަމަރުންނަށް ކާޑު ބޭނުންކޮށްގެން މުޢާމަލާތްކުރުމުގެ ފުރުޞަތު ލިބޭނެ ކަމުގައި ބީއެމްއެލް އިން ބުނެފައިވެއެވެ.