English Edition
Dhivehi Edition
5 މޭ 2022: ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓެއް - ފޮޓޯ: ގއ. ވިލިގިނލި އެފްބީ ޕޭޖް

14 ފެބުރުވަރީ 2023ގެ ހެނދުނު 08:25 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 1، ހައިވަކަރު މަގާއި ސައިމާ ހިނގުން ގުޅޭ ކަންމަތީ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް ބަޔަކުވޭތޯ ބަލަން އިޢުލާންކޮށްފިއެވެ.

އެގޮތުން ފުލުހުން ބުނީ ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓުގެ މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

ފަހަކަށް އައިސް މާލޭ ސިޓީގައި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، އެތައް ބަޔަކަށް ވަނީ މި އެކްސިޑެންޓްތަކުން އެކި އަނިޔާ ލިބިފައެވެ.

1 ކޮމެންޓް
ލަކުޑިކަޅޭ
ފެބުރުއަރީ 21, 2023
ކޮބާޕްރޮފެސަނަލްފުލުހުން ކޮބާކެމެރާތައް