English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސް އިން ތުރުކީ އާއި ސީރިއާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫ އިން ބުނީ ތުރުކީ އާއި ސީރިއާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އެމް-ފައިސާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

އުރީދޫ އެމް-ފައިސާ އިން އެހީތެރިވުމަށް

  • އުރީދޫ އެޕް މެދުވެރިކޮށް ore.do/mf އެމް-ފައިސާއަށް ލޮގިންކޮށްލާ
  • ސްމާޓް ޕޭ ހިޔާރު ކުރުމަށްފަހު، ކިއުއާރު ސްކޭންކޮށްލާ
  • އެހީގެ ގޮތުގައި ދޭން ބޭނުންވާ އަދަދު ޖެހުމަށްފަހު، ޕޭމަންޓް ފުރިހަމަކޮށްލާ

އުރީދޫން ބުނި ގޮތުގައި ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެމް-ފައިސާ މެދުވެރިކޮށް ލިބޭ އެހީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސް މެދުވެރިކޮށް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ތުރުކީ އާއި ސިރިއާއަށް އައި ބިންހެލުމާއި ގުޅިގެން އެ ދެ ގައުމަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެ ދެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދުނިޔޭގެ ގައުމުތަކުން އަންނަނީ ކުރަމުންނެވެ.

ޓެގު