English Edition
Dhivehi Edition

އިތުރު ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފި އެވެ.

“ގްރީން ޕާޓީ އޮފް މޯލްޑިވްސް” (ޖީޕީއެމް) ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށެވެ.

މަޖިލީހުގައި ދައްކަވަމުން ޖާބިރު ވެސް ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން އޭނާއަށް ޕާޓީއެއް ހެދުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި ޕާޓީ އުފެއްދުމަށް ކުރާ މަސައްކަތުގައި ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން ލިބިގެންދާނެ ކަމުގެ އުންމީދު އޮތްކަމަށެވެ.

މިޕާޓީއަކީ ތިމާވެއްޓާއި ރައްޓިހި ގޮތަކަށް ރާއްޖޭގެ މާހައުލާއި ގުޅޭގޮތަށް އުފައްދާ ޕާޓީއެއްކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.

މި ޕާޓީ އުފެދުމާއެކު ޒުވާނުންނަށް ހާއްސަ ކަމެއް ދެއްވާނެ ކަމަށާއި ޕާޓީގެ މަޤްސަދަކީ މުޅި ރާއްޖެ ގްރީން ކުރުން ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ލީޑަރުކަން ކުރާ ޑީއާރްޕީގެ މެންބަރުން ހަމަނުވެގެން އެޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފަ އެވެ.

ޑީއާރުޕީގެ މައްސަލަ ކޯޓުގައި އޮތުމުން ވަގުތު ބޭކާރުކޮށްނުލުމަށް ޑީއާރުޕީއިން ޖާބިރު ވަނީ ވަކިވެފައެވެ. އެކަން އީސީއަށްވެސް އޭނާ ވަނީ އަންގާފަ އެވެ.