English Edition
Dhivehi Edition

2023ގައި ވޯޓް ދޭން ވާނީ ފާހިޝް ކަންކަން ނުކުރާ ކެންޑިޑޭޓަކަށް ކަމަށާއި އެ ކެންޑިޑޭޓަކީ އެމަނިކުފާނުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ސަރުކާރުގެ އިސްވެރިންނަށް ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ރައީސް ސޯލިހް އަންހެން ކުއްޖަކާއި އެކު ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް މީހަކު ފޮނުވާފައިވާކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން ‘ވަގުތަށް’ ޖާބިރު ދިން އިންޓަވިއުއެއްގައި ވިދާޅުވީ މި މައްސަލައިގައި އިލެކްޝަނުން އެމްޑީޕީއަށް ފިޔަވަޅު އަޅަންޖެހޭނެކަމަށެވެ. “ކުޅި ކުޅޭ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ” ޖާބިރު ވިދާޅުވިއެވެ،

އިތުރަށް ޖާބިރު ވިދާޅުވީ ފާހިޝް އަމަލުތައް ހިންގާ ކިތައް ވީޑިއޯ އާއި ފޮޓޯ އޮތްތޯ ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށެވެ. އަދި މިފަދަ މައްސަލައެއް ނުބަލާ ދޫކޮށްލައިގެން ނުވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. އިތުރަށް ޖާބިރު ވިދާޅުވީ މިފަދަ ފާހިޝް ކަންކަން އާންމުވިޔަ ނުދިނުމަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެކަމަށެވެ. އަދި އިންތިހާބުގައި ވޯޓް ދޭން ވާނީ ހުލްގު ހެޔޮ ކެންޑިޑޭޓަކަށް ކަމަށް ޖާބިރު ވިދާޅުވިއެވެ. “ވޯޓް ދޭން ވާނީ ފާހިޝް ކަންކަން ނުކުރާ ކެންޑިޑޭޓަކަށް. އެއީ އަޅުގަނޑު” ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީސް އެކްޓިވޭޓްކޮށް ކުއްލި ޖަލްސާއެއް ބާއްވާ މި މައްސަލަ ބެލުމަށްވެސް ގޮވާލާފައެވެ.

3 ކޮމެންޓް
ޖާބިރު
އޮގަސްޓް 2, 2022
ޖާބިރު 2023
Adamq
އޮގަސްޓް 1, 2022
Jabiru vidaalhuve bahlavaa bangura himenenee konketagareeehga tho?mihenmidhennevee raaboigegen Masthuvegen gadhakamun amayaa ZineyveskohfAane sansetbahlavanves Idhefaane ekahalameehaku kurimathi Laafihyahadaanee kihinehtho? Ekamu Sareeathah saabituhvefakaa neh ekamu publiku ekanrangalhah dhaney
ފިގޭ
ޖުލައި 30, 2022
ހޮނޑަިއިދޫ ގޮނޑުދޮށަށް ބޯވަދެފަ އޮތީ މީނަތަ