English Edition
Dhivehi Edition

ރާއްޖޭގެ ރައްޔިތުންގެ ދުވަސް ދުއްވާލުމަށް އަދާވާތްތެރިން ކުރާ މަސައްކަތް ނާކާމިޔާބުކޮށްލުމަށް ގައުމީ ޖޯޝުގައި ނިކުންނަވީ ވަގުތަކީ މިއީކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ހދ. ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ ސިޔާސީ ފިކުރު އެއްފަރާތްކުރުމަށްފަހު ޤައުމީ ޖޯޝުގައި ދިވެހިން ނިކުންނަވީ ވަގުތު ޖެހިއްޖެ ކަމަށެވެ.

“އެކި ގޮތްގޮތުން ރާއްޖޭގެ ރައްޔިތުންނަށް ފިއްތުންތައް ކުރިމަތިކުރުވަމުން ގެންދަވަނީ މި ރައްޔިތުންނަކީ ފަޤީރު ބަޔަކަށް ހެދުމަށް އަދި މުޅި ޤައުމުގެ ދުވަސް ދުއްވާލުމަށް” މިނިސްޓަރ ވިދާޅުވިއެވެ.

ިވެހިންނަށް ހަސަދަވެރިވެ ބަޔަކު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރަމުން ގެންދާކަމަށާއި އޭގެ ތެރޭގައި އެއްދުވަސްވަރެއްގައި ދިވެހިންނާ އެކު ތިއްބެވިކަމަށް ދެއްކުނު ބަޔަކުވެސް ޝާމިލްވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވަވާފައެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، (ޕީޕީއެމް) އަށް 6 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި މި ޖަލްސާގައި ސައީދު ވިދާޅުވީ

ގައުމު ފަޤީރުކޮށްގެން ދިވެހިން ފަހަތަށް ނުޖެހޭނެކަން ހަސަދަވެރިން ގަބޫލުކޮށްފި ކަމަށާއި އަޅުގަނޑުމެންގެ ދުވަސްވެސް ދުއްވާ ނުލެވޭނެކަން ގަބޫލުކޮށްފި ކަމަށެވެ. އަދި މިއީ ރައީސް ޔާމީން ސާބިތުކަންމަތީ ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މީގެ އިތުރުން މިހުރިހާ މަސައްކަތްތަކެއް ކުރަމުން ދާއިރު އެކަން ނާކާމިޔާބު ކޮށްލެވޭނީ ސިޔާސީ ފިކުރު އެއްފަރާތްކުރުމަށްފަހު ޤައުމީ ވިސްނުމުގައި އެންމެން އެކީ މަސައްކަތްކޮށްގެންކަމަށް ވިދާޅުވެ މިނިސްޓަރު ސަޢީދު ވަނީ އެކަމަށް ގޮވާލައްވާފައެވެ.

ވެރިން ޚިޔާރުކުރައްވަނީ އެއްކައުވަންތަ މާތް ﷲ ކަން ހަނދުމަފުޅުކޮށް އަރުވަމުން މިނިސްޓަރު ސަޢިދު ވިދާޅުވީ އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވީހިނދު ރައީސް ޔާމީން ފަދަ ހިންގުންތެރި އިސްލާމީ ރިވެތި އުޞޫލުތަކަށް ހިތްވަރުދެއްވާ ރައީސަކު ލިބުމަކީ ނިޢުމަތެއްކަމަށެވެ. އަދި މިނިޢުމަތަށް ޝުކުރުވެރިވުން ޙައްޤުކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ

ޓެގު