English Edition
Dhivehi Edition

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވަައިގެން ކުރިއަށް ގެންދާ ‘ފިކުރެއްގެ ދިރުން’ އަަކީ އެމްޑީޕީ ހަލާކުކޮށްލަން ކުރާކަމެއްކަމަށް މަރަދޫ ދާއިރާގެ މަޖިލީސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރިފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ތެރޭގައި ފިކުރެއްގެ ދިރުން ނަމުގައި ހިންގާ ހަރަކާތަކީ ސިޔާސީ ނަފުރަތު ޕްރޮމޯޓްކުރުމަށް ކުރާ ކަމެއްކަމަށާއި އެއީ ޕާޓިއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު މުސްތަގުބަލުގައި އެ ޕާޓީއަށް ކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ސިޔާސީ ބަދަލު ހިފުންތަކުން ވީދިގެން ދާނީ މުޖްތަމައުގެ އިޖްތިމާއީ ފޭރާންކަމަށެވެ. އަދި މިއީ ގައުމު ކުރިއަށް ގެންދެވޭނެ ގޮތެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތް ރައީސް ނަޝީދު ‘ފިކުރެއްގެ ދިރުން’ ނަމުގައި އެމްޑީޕީގައި ގޮތްޕެއް ހަދަން ތާއީދު ފޯމު ފުރަން ވަނީ ފަށާފައެވެ. ރައީސް ނަޝީދުއަށް ތާއީދުކުރައްވާ މެންބަރުންގެ ގޮތްޕެއް ހަދާ، އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ބުނާ އެމްޑީޕީ ބައެއް މެމްބަރުން ގެންދަނީ ފާޑުކިޔަމުންނެވެ.