English Edition
Dhivehi Edition
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ގެ މޫނުމަތީގައި ޖަހާފައިވާކަމަށް ބުނާ ވާހަކަ ޝަރީފް ދޮގުކޮށްފިއެވެ،

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނިޒާމީ ނުކުތާ އާއި ހަޅޭކުގެ އަޑާއެކު މިއަދު ކުރިއަަށް ދިޔަ ޖަލްސާގައި ޝަރީފް ނިޒާމީ ނުކުތާއެއް ނެންގެވުމުން އެ ވަގުތު ޝަރީފްގެ މޭޒުކޮޅު ކައިރި ސަމްބެ ވަނީ ގޮސްފައެވެ. އަދި ޝަރީފް އޭނާ ގައިގައި ޖަހާފައިވާކަމަށް ތަކުރާރުކޮށް ސަމްބެ ދިޔައީ ބުނަމުންނެވެ. ޝަރީފް ވަނީ އޭނާގެ މޭޒުކޮޅު ކައިރިއަށް ނައުމަށް ތަކުރާރުކޮށް އެދިފައެވެ. އަދި ސަމްބެ އެ މޭޒު ކައިރިން ދުރުކުރުމަށް އެހެން މެންބަރުން ވަނީ މަސައްކަތްކުރައްވާފައެވެ.

މިކަމާ ގުޅިގެން ޝަރީފް ވިދާޅުވީ ވީ މަޖިލީހުގެ މެންބަރުން އެކެއް އަނެކެއްގެ ގަޔަށް އަތްލާ ހިސާބަށް ދިއުމަކީ ލަދުވެތިކަމެއް ކަމަށެވެ. އަދި މަޖިލީހުގައި މެމްބަރަކު ވާހަކަދައްކަމުން ގެންދާއިރު އެގޮތަށް މަޖިލީހުގައި އެ މެމްބަރެއްގެ މޭޒު ކައިރިއަށް ނާދެވޭނެ ކަން ވަރަށް ސާފުކޮށް އެނގޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަމަނުޖެހުންތައް އިތުރު އެއް މެމްބަރަކު އަނެއް މެމްބަރަކަ ހުތުރު ބަހުން މުހާތަބުކުރުންވެސް މިހާރު ވަނީ އާންމުކަމަކަށް ވެފައެވެ،