ރައީސް ޔާމީން، ތަސައްވަރުތައް ގެންގުޅުއްވަނީ ދުނިޔޭގެ ނިސްބަތުން ބޮޑެތި ގައުމުތަކުގެ ތަރައްގީ މީޒާން ކުރާ ގޮތަށް ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ “ދުއްޕާން” ނަމުގައި އިދިކޮޅު ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.
ސެންބެ ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރެއްވީ ދިވެހި މަސްވެރިންނަށް ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން، ދިވެހިން ބާނާ މަސް މުޅި ދުނިޔެއަށް ހުޅުވާލަން ކަމަށެވެ. އެހެންނަމަވެސް އެކަން ނުވެ ދިޔައީ ރައީސް ސޯލިހުގެ ނުފޫޒުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިވެހި މަސްވެރިން ވިސްނަން ޖެހޭ އެތައް ބައިވަރު ކަންކަމެއް ފެންނަމުންދާ ކަމަށާއި ދެ ފެކްޝަނުގެ ކޯޅުމުގެ ތެރެއިން މަސްވެރިންގެ އަގު ވަޒަން ކުރަމޭ ބުނުމަކުން އެކަން ހާސިލުވެގެން ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމެއްގައި ދާއިމީ ހައްލު އެމަނިފާނު ހޯއްދަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
“ރައީސް ޔާމީނަކީ ލޯނުން ނަރުދަމާ އަޅާ، ވަގުތީ ހައްލެއް ހޯއްދަވާނެ ބޭފުޅެއް ނޫން. އެކަންކަން ހައްލު ކުރެވޭނީ ރައީސް ޔާމީނަށް. ހައްލަކީ އެމަނިކުފާނު.” ސެންބެ ވިދާޅުވި އެވެ.
ޗާގޯސް ވިއްކާލާފައި މަހުގެ އަގު ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ނަަމަވެސް މަސްވެރިން އެކަން ގަބޫލުނުކުރާ ކަމަށް މަޖިލީހުގެ
ސަރުކާރުން މަސްވެރިންނަށް ވެފައިވާ އިހުމާލާ ގުޅިގެން ފާޑުވިދާޅުވަމުން ސެންބެ ވަނީ މިހާރު ޔާމީންގެ ޝަރީއަތް ހިނގަމުން ދާއިރު، ރާއްޖޭގެ ޝަރުއީ ނިޒާމު ގަޑުބަޑު ކުރަން ސަރުކާރުން އުޅޭކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ސެރންބެ ވިދާޅުވީ ދައުލަތުގެ ހުރިހާ ތަނަކަށް “އަތާއި ފަޔާއި ބޯލައިގެން” ރައީސް ޔާމީނަށް އަނިޔާ ކުރަމުންދާ ކަމަށެވެ. މިއަދުގެ ސަރުކާރު ސިފަ ކުރައްވަނީ “ނޮހޮރޮއްޕާނާއި މަކަރާއި ހީލަތުން” މުޅި ދުނިޔެ ހާސިލު ކުރަން އުޅޭ ބައެއްގެ ގޮތުގައި ކަމަށް ވެސް ސެންބެ ވިދާޅުވި އެވެ.