English Edition
Dhivehi Edition
ހުޅުމީދޫ ބޮޑުމަގުން ޒުވާނުންތަކެއް ހަވީރު ފިންޏަށް ދުއްވާލަން ދަނީ: ފޮޓޯ ލުބްނާ އޭއޯ ނިއުސް

އައްޑޫ ސިޓީގައި ދިރިއުޅެމުން އަންނަ އެހެން ރަށްރަށުގެ މީހުންނަށް އެއްގަމާއި ކަނޑުދަތުރު ފަތުރުކުރުމުގެ ލައިސަންސް ދިނުމުގައި ލުއި ފަސޭހަތަކެއް ދީފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މީގެ ކުރިން އައްޑޫ ސިޓިގައި ދިރިއުޅެމުން އަންނަ އެހެން ރަށްރަށުގެ މީހުންނަށް ލައިސަންސް ދޫކުރަމުން ދަނީ އެ ސިޓީގައި ދިރިއުޅޭ ކަމުގެ ލިޔުމެއް ހުށަހެޅުމުން ކަމަށެވެ. އެހެންނަމަވެސް ޓްރާންސްޕޯޓް އެތޯރިޓީއިން ފޮނުވާފައިވާ ލިޔުމާއި ހަވާލާދީ 2 ޑިސެމްބަރު 2021 ވަނަ ދުވަހުން ފެށިގެން ލައިސަންސް ނެގުމަށް އެ ސިޓީގައި ދިރިއުޅޭކަމުގެ ލިޔުމެއް ހުށަހަޅަން ނުޖެހޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ،

މި އަހަރުގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވައިދު އިސްލާހުކޮށްފައިވާއިރު، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު މިހާރު އޮންނަ ގޮތުން ތިއަރީ އިމްތިހާން ފުރިހަމަ ކުރުމަށްފަހު ދުއްވުމުގެ އިމްތިހާން ފުރިހަމަ ނުކޮށް ހަ މަސް ދުވަސް ވެއްޖެ ނަމަ، ތިއަރީ އިމްތިހާން އަލުން ހަދަން ޖެހޭނެ އެވެ.

މީގެ އިތުރުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން ވެހިކަލުގައި ޖަހާ ކޮންމެ ވަޔަލޭޝަން ސްޓިކާއަކަށް ފަސް ޕޮއިންޓް ކަނޑައި، 100 ކްރެޑިޓް ޕޮއިންޓް ހުސްވުމުން ލައިސަންސް ބާތިލުވާ ގޮތަށް ވަނީ އިސްލާހުގެނެސްފައެވެ،