English Edition
Dhivehi Edition

ގއ. ވިލިނގިލި ޕޮލިސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ވިލިނގިލި ޕޮލިސްޓޭޝަނުން އިއްޔެ 16:30 ގައި ނައްތާލާފައިވަނީ 150 ފުޅި ބަނގުރަލާއި 39 ބިޔަރު ދަޅެވެ.

ފުލުހުން ވިދާޅުވީ، މި ތަކެއްޗަކީ 22 ޑިސެމްބަރު 2022 ން 04 ޖަނަވަރީ 2023 ވަނަ ދުވަހާއި ހަމައަށް ގއ. ކޫއްޑޫ އެއަރޕޯޓް އިން ފުރި ފަތުރުވެރިންގެ އަތުން ނަގައި އެމް.އެން.ޑީ.އެފް އިން ގއ. ވިލިނގިލި ޕޮލިސްޓޭޝަނާއި ހަވާލުކޮށްފައިހުރި ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާއި ގުޅިގެން ހިފަހެއްޓޭ ތަކެތި ނައްތާލުމުގެ އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިފައިވާ ކޮމިޓީއާއި މީޑިއާގެ ހާޒިރުގައެވެ.