English Edition
Dhivehi Edition

މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގއ. ވިލިނގިލީގެ ބަހައްޓާފައި ހުރި ހުރިހާ ފޮށި ތަކުން އެންމެ ގިނަ ވޯޓު ހޮވައިފައިވަނީ ޕީޕި.އެމް/ޕިއެން.ސީ ގެ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒެވެ.

މި އާއި އެކު ވިލިނގިލީގެ ކިއްލާއަކީ ޕީޕީއެމް ކަމާއި އަދި ވިލިނގިލިން ބޭނުން ވަނީ ސައުދު ނޫން ގޮތެއްކަން ވިލިނގިލީގެ ރައްޔިތުން މި ވަނީ ސާބިތުކޮށްދީފައެވެ.

ވިލިނގިލީ ވޯޓު ފޮށިތަކުގެ ޖުމުލަ ވޯޓަށް ބަލާލާއިރު އިބްރާހީމް މުޙައްމަދު ސޯލިޙް އަށް ލިބިފައިވަނީ ޖުމުލަ 584 ވޯޓެވެ. އަދި ޑރ. މުޙައްމަދު މުއިއްޒު އަށް ލިބިފައިވަނީ 871 ވޯޓެވެ. 287 ވޯޓުގެ ފަރަގުން ވިލިނގިލީގެ ކިއްލާ އަކީ ޕީޕީއެމް ކަން ވިލިނގިލިން މިވަނީ ސާބިތުކޮށްދީފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވަނީ އެމް.ޑީޕީ ހުވަދު އަތޮޅު ކިއްލާ އަކީ ވިލިނގިލި ކަމަށް ވިދާޅުވެފައެވެ.

މިހާ ބޮޑު ފަރަގަކުން މުއިއްޒު ވިލިނގިލީގެ މެޗޯރިޓީ ނަގާފައިވާއިރު ވިލިނގިލީގެ ޕީޕީއެމް ސަޕޯޓަރުން “ސައުދު ނޫން ގޮތެއް” މި ހެޝް ޓެގް ޖަހާއިގެން މުޢިއްޒު އަށް ވަނީ ކެމްޕައިން ކޮށްފައެވެ.

މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެ އިން ބޭރުގައި ޖުމުލަ 574 ވޯޓު ފޮށި ބެހެއްޓިއެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގައު ބެހެއްޓޭ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށީގެ އިތުރުން ރިސޯޓުތަކުގައި 65 ފިށި، ރާއްޖެއިން ބޭރުގައި 08 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށް ރަށުގައި 06 ފޮއްޓެވެ. މީގެ ތެރެއިން ގއ. ވިލިނގިލީގައި ބެހެއްޓިފައި ވަނީ 03 ފޮއްޓެވެ.