English Edition
Dhivehi Edition

ޕީޕީއެމްގެ ރިޔާސީ ކެމްޕެއިން ފަށަން ބާއްވާ ކޮންފަރެންސް ފެބްރުއަރީގައި ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ސެނެޓަރ މުޙައްމަދު ޢަބްދުލް ކަރީމް ވިދާޅުވީ މި ކޮންފަރެންސްގައި ބާރަހާހެއްހާ މެންބަރުން ބައިވެރިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބާއްވާ ކޮންފަރެންސް އޮންނާނީ ފެބްރުއަރީ 2 އިން 4 އަކަށް ދަރުބާރުގޭގައި ކަމަށެވެ. އަދި ކޮންފަރެންސް ކުރިއަށްދާނީ ދެ ދަންފަޅިޔަކަށް ބަހާއިލައިގެންކަމަށެވެ.

އޭނާ ވިދާޅުވީ މި ކޮންފަރެންސްގައި ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕާއި، އެ ކޯލިޝަންގެ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި، ސެނެޓްގެ މެމްބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން، ދާއިރާތަކުން މެމްބަރުންވެސް ބައިވެރިވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ކޮންފަރެންސެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ނަންގަވާއި އެ ފައިސާ ލޯންޑަރކުރި ކުށް ސާބިތުވެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ނެވެ.

އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވެ 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު މަހުގެތެރޭގަ އެވެ. މި ހުކުމުގެ ސަބަބުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެެއްވުމުގެ ފުރުސަތު ރައިސް ޔާމީނަށް ވަނީ ހަނިވެފައެވެ.

ޓެގު