English Edition
Dhivehi Edition

ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން ހިންގަމުން އަންނަ ސަރަޙައްދީ ޖަމިއްޔާ އެއްކަމަށްވާ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ފަރާތުން އެ ޖަމިއްޔާގެ މަސައްކަތް ކުރިއަށް ގެންދާ އަތޮޅުތަކުގައި މަސައްކަތް ކުރާނެ އަތޮޅު ފޯކަލް ޕޮއިންޓުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

ޖެނުއަރީ 21 ވަނަ ދުވަހު އާންމު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ޖަމިއްޔާގެ ހިންގާ އޮނިގަނޑަށް ބަދަލު ގެނެސް މީގެ ކުރިން އުފައްދާފައިވާ އަތޮޅު ޗެޕްޓަރ ތަކުގެ ބަދަލުގައި އަތޮޅުތަކުގެ ރަށްރަށުން ކުރެ ކޮންމެ ރަށަކުން ފޯކަލް ޕޯއިންޓުން ކަނޑައެޅުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މި ގޮތުން ފޯކަލް ޕޮއިންޓުން ކަނޑައެޅުމަށް ހަމަޖައްސާފައިވަނީ :

– އައްޑޫސިޓީގެ ކޮންމެ އަވަށަކުން 1 ފޯކަލް ޕޮއިންޓް

– ފުވައްމުލައްސިޓީގެ ކޮންމެ އަވަށަކުން 1 ފޯކަލް ޕޮއިންޓް

– ގދ. އަތޮޅުގެ ކޮންމެ ރަށަކުން 1 ފޯކަލް ޕޮއިންޓް

– ގއ. ގެ ކޮންމެ ރަށަކުން 1 ފޯކަލް ޕޮއިންޓް

ސްކީމްގެ ފޯކަލް ޕޮއިންޓުންނަކީ ޖަމިއްޔާގެ ހަރަކާތްތައް ހިނގުމުގައި އެ ރަށެއްގައި ޖަމިއްޔާ ރަމްޒުކޮށްދޭ އަދި އިސްކޮށް ހަރަކާތްތެރިވާނެ ފަރާތެވެ.

ސްކީމްގެ ފޯކަލް ޕޮއިންޓަކަށް ވުމަށް އެދި ކުރިމަތި ލެވޭނީ ދެކުނުގެ 4 އަތޮޅުން ކުރެ އެ ފޯކަލް ޕޮއިންޓެއް ކުރިމަތިލާ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް ވުމާއި ، އިޖްތިމާއީ މަސައްކަތް ކުރުމުގެ ޝައުގު ހުރިފަރާތަކަށް ވުމާއެކު ޢުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

ފޯކަލް ޕޮއިންޓުން ނަށް ވުމަށް ބޭނުންވާ ފަރާތްތަކުން ފެބްރުއަރީ 5 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ، ތިރީގައި މިވާ ލިންކުން އެޕްލައި ކުރެވޭނެއެވެ. https://form.jotform.com/230108050914444

މި ކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7782034 ނުވަތަ 7548078 އަށެވެ.

ސްކީމަކީ ރާއްޖޭގެ ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން 2019 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގަންފެށި ރާއްޖޭގެ ފުރަތަމަ ސަރަހައްދީ ޖަމިއްޔާއެވެ. މި ޖަމިއްޔާގެ މުއައްސިސުންނަކީ ސ. ހިތަދޫ އާސްޓްރަލްގެ ޝިމްލާ އަޙްމަދު ، ސ. ހިތަދޫ ނޮވެމްބަރުގެ އާމިނަތު އަލީ އަދި ސ. ހިތަދޫ އަލްމާސް ނަސްރަތު ތޯހިރުގެ އިތުރުން ސ. މަރަދޫ މަހިނޫރު ދިހުޝާނާއެވެ.

ސްކީމުން މިހާތަަނަށް ވަނީ ދެކުނުގެ 4 އަތޮޅުގައި ފާހަގަ ކުރެވޭ ކާމިޔާބު ގިނަ ހަރަކާތްތަަކެއް ކުރިއަށް ގެންގޮސްފައެވެ.