English Edition
Dhivehi Edition
ބަންޑާރަ ނައިބު އަހްމަދު އުޝާމް --- ފޮޓޯ/ މަޖިލިސް

މިއަދު އެމްޑީޕީއިން ކުރިއަށް ގެންދިޔަ ރިޔާސީ ޕްރައިމަރީ އިން ފެނިގެން ދިޔައީ އެ ޕާޓީން 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާނެ މިންވަރުކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިރޭ އުޝާމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިއަދު އެމްޑީޕީން ބޭއްވި ޕްރައިމަރީ އިން ފެނިގެން ދިޔައީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް މި ސަރުާރުން ވައްކަމާއި ކޮރަޕްޝަން ހިންގާނެ ގޮތުގެ ކުޑަ މިންވަރެއްކަމަށެވެ. އަދި އިންތިހާބުތަކާ ދިމާކޮށް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ގާނޫނުތައް ބަދަލުކުރަން ޖެހޭކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް މިހެން ވިދާޅުވެފައިވާއިރު މިއަދު ބޭއްވި އިންތިހާބުގެ ކެމްޕެއިންގައި ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރި ކަމުގެ ތުހުމަތުތައް ވަނީ ކޮށްފައެވެ. އަދި ރައީސް ސޯލިހްގެ ރަސްމީ ދަތުރުފުޅުތަކުގައިވެސް ކެމްޕެއިން މަސައްކަތް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކޮށްފައިވާކަމުގެ ތުހުމަތުތައް ވަނީ ކޮށްފައެވެ.