English Edition
Dhivehi Edition

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އައްޑޫ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ސޯލިހްގެ ގެ ކެމްޕެއިން ނިންމާލާ ޖަލްސާ މިރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވުމަށް ނިންމާފައިވާއިރު އެ މަނިކުފާނުގެ ކެމްޕެއިން ޓީމުން އަންނަނީ މި ޖަލްސާއަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން މިރޭ ކެމްޕެއިން ނިންމާލާ ޖަލްސާގައި ރައީސްގެ ވާހަކަފުޅަށްފަހު ކެމްޕެއިން ނިންމާލުމަށް ހަވާއެރުވުމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި އިންތިހާބުގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން އަންނަނީ ވަރަށް ފޯރި އާއި އެކު ތައްޔާރުވަމުންނެވެ. މި ގޮތުން ރައީސް ނަޝީދުގެ ކެމްޕެއިން ނިންމާލާ ޖަލްސާ މިރޭ މާލޭގައި ބޭއްވުމަށް ނިންމާފައިވާއިރު ރޭ އެ މަނިކުފާނު ވަނީ ޒުވާނުންނަށް ހާއްސަކޮށް މާލޭގައި އިވެންޓެއް ބާއްވާފައެވެ.

މި އަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު މި މަހުގެ 28 ވަނަ ދުވަހު ޔަގީންވެގެންދާއިރު އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކީ ރައީސް ޔާމީންއެވެ.