English Edition
Dhivehi Edition
ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

މިއަދު ހެނދުނު 9:00 ޖެހިއިރު ފެށި މި އިންތިހާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާއިރު މި އިންތިހާބުަގައި ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއެވެ.

މިއަދުގެ އިންތިހާބުގައި ޖުމުލަ 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެއެވެ. އެމްޑީޕީގެ ތާރީހުގައިވެސް ބާއްވާ އެންމެ ވާދަވެރި އިންތިހާބުގައި ޕާޓީގެ އެންމެހައި ހަމަތަކާއި އުސޫލުތައް ނަގަހައްޓާ ފުރިހަމަ ޑިމޮކްރެޓިކް އިންތިހާބަކަށް ހެދުމަށް، މަސައްކަތްކުރައްވާނެކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި މި ޕްރައިމަރީގައި މޮޅުވާ ކެންޑިޑޭޓާއެކު ހުންނަވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ އެކުގައި މަސައްކަތް ނުކުރައްވާނެ ކަމަށެވެ.