English Edition
Dhivehi Edition
ސްކީމް އިން ގދ. ގައި ކުރިއަށް ގެންދިޔަ ލީޑަރޝިޕް ޕްރޮގްރާމެއްގެ ތެރެއިން/ ފޮޓޯ ސްކީމް

މަގޭ ރަށް އިމަރޖިންގ ލީޑާރސް އެކަޑަމީ (އީ.އެލް.އޭ) ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް ބިއުރޯ އޮފް ޑިމޮކްރަސީ، ހިއުމަން ރައިޓްސް އެންޑް ލޭބަރގެ އެހީތެރިކަމާއެކު އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) އިން ދެކުނުގެ 4 އަތޮޅުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ދެކުނުގައި ކުރިއަށް ގެންދާނީ ދެކުނުގެ އަތޮޅުތަކަށް ޚާއްޞަ ކޮށްގެން ހިންގަމުން އަންނަ ސަރަަޙައްދީ ޖަމިއްޔާ ކަމަށްވާ ސަދަން ކޮމިޔުނިޓީ އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއި ގުޅިގެންނެވެ.

މަގޭ ރަށް އީ.އެލް.އޭ ޕުރޮގުރާމު މެދުވެރިކޮށް، އުމުރުން 18 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާން ލީޑަރުން އެއްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، މައްސަލަތަށް ބިނާކޮށް ވަކާލާތުކުރުމުގެ ކެމްޕޭންތަކާއި ހަރުދަނާ ސިޔާސަތުތައް ހުށަހެޅުމަށްޓަކައި އެމީހުންނަށް ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން، މަސައްކަތު ބައްދަލުވުންތަކާއި އިޖުތިމާޢީ މަޝްރޫޢުތަކުގެ ތެރެއިން، އެއް ވިސްނުމެއްގެ ޒުވާނުންނާއި ސަރުކާރުގެ އޮފިޝަލުންނަށް އެމީހުންގެ މުޖުތަމަޢުތަކުގެ މަސްލަޙަތަށްޓަކައި ވަކާލާތުކޮށް، އަންނަން އޮތް ޖީލުގެ ލީޑަރުންނަށް އެމީހުންގެ މުޖުތަމަޢުތަކުގެ ތެރޭގައި ލީޑަރޝިޕްގެ ދައުރު އަދާކުރުމަށް ބޭނުންވާނެ ޢިލްމާއި، ހުނަރާއި އެހެނިހެން ވަސީލަތްތައްވެސް މި ޕުރޮގުރާމުގެ ޒަރިއްޔާއިން ލިބިގެންދާނެއެވެ.

މި ޕުރޮގުރާމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ޢިލްމާއި ލީޑަރޝިޕް ތަރައްޤީކުރުމަށާއި، މަސައްކަތްތައް ބަހާލައިގެން ކުރާނެ ގޮތްތަކުގެ އިތުރުން ކުދިކުދި މަޝްރޫޢުތައް ތަންފީޒު ކުރުމަށެވެ.

މި ޕުރޮގުރާމަށް ޖުމުލަ 30 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވާއިރު، ދެކުނުގެ ހަތަރު އަތޮޅުގައި ދިރިއުޅޭ އުމުރުން 18 އަހަރާއި 29 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށްވެސް މަގޭ ރަށް އީ.އެލް.އޭގައި ބައިވެރިވުމަށް އެދި ހުށަހެޅިދާނެއެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކުން 07 ފެބުރުވަރީ 2023ގެ މި ލިންކު މެދުވެރިކޮށް ނުވަތަ ތިރީގައިވާ ކިއު.އާރު ކޯޑު ސްކޭންކޮށްގެން ފޯމު ފުރުމަށް ސްކީމް އިން ވަނީ އެދިފައެވެ.

May be an image of 4 people and text that says 'INTERNATIONAL 1 IRI INSTITUTE SCEAM MAGEY RAH ACADEMY NEXT GENERATION OF CIVIC LEADERS JOIN IRI'S MAGEY RAH TRAINING PROGRAM TO EQUIP YOURSELVES WITH THE TOOLS YOU NEED ΤΟ ADDRESS A COMMUNITY DEVELOPMENT ISSUE! YEARS OF AGE OPEN YOUTH RESIDING IN ADDU, FUVAHMULAH& HUVADHOO INTERESTED IN NETWORKING WITH OTHER LEADERS WE WELCOME YOUTH OF ALL ABILITIES March 3-5, 2023 Fuvahmulah +960 7548078 sceam.info@gmail.com APPLY NOW!! DEADLINE: 7th February 2023'

މި ޕުރޮގުރާމުގެ ފުރަތަމަ ބައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މާރިޗު މަހުގެ 03 އިން 05 އަށް ފުވައްމުލައް ސިޓީގައެވެ.