English Edition
Dhivehi Edition
ހަރަކާތް އިންތިޒާމު ކުރުމާ ބެހޭ ގޮތުން ސްކީމްގެ ގދ. މެމްބަރުންނާއި ތިނަދޫ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ގދ. ތިނަދޫ ކައުންސިލުގެ އިދާރާގެ އޮޑިޓް ރިިޕޯޓުގައި މާލިއްޔަތު ގާނޫނާއި ހިލާފަށް ކޮށްފައިވާ ގިނަގިނަ ކަންތައްތަކާއެކު އިތުރު މައްސަލަތައް ހުރިކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ،

ތިނަދޫ ކައުންސިލުގެ 2021 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓްގައިވާ ގޮތުން އެ ކައުންސިލުން ލާމަރުކަޒީ ގާނޫނުގެ ދަށުން އާންމުންނަށް ހުޅުވާލައިގެން ބާއްވަންޖެހޭ ބައްދަލުވުންތައް ބާއްވާފައެއް ނުވެއެވެ. އަދި ކޮންޓްރެކްޓު މުވައްޒަފުންނަށް ގަވާއިދާ ހިލާފަށް “ފިކްސްޑް އޯވަޓައިމް” ދީފައިވާ މައްސަލަ ފެންމަތިވެފައިވާއިރު ދައުލަތުގެ މާލިއްޔާތު ގާނޫނުގެ ދަށުން ކޮންމެ މާލީ އަހަރެއް ނިމުމާ އެކު ތިން މަަސް ދުވަހުގެ ތެރޭގައި ތައްޔާރު ކުރަން ޖެހޭ އަހަރީ ރިޕޯޓު 2021 ވަނަ އަހަރު ކައުންސިލުން ހުށަހަޅާފައެއް ނުވެއެވެ. މީގެ އިތުރުން ބިލުތަކަށް ފައިސާ ދައްކަން ޖެހޭ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާތީ ކައުންސިލް ޖޫރިމަނާކޮށްފައިވާކަމަށްވެސް މި ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން 2021 ވަނަ އަހަރުގެ ތެރޭގައި ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރިކޯޑް އެ ކައުންސިލުން ބަލަހައްޓާފައި ނުވާއިރު އުންސިލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދުތަކުގެ އެއްވެސް ތަފްސީލެއް އެގެން ނެތްކަމަށްވެސް އޮޑިޓް ރިޕޯޓްގައިވަނީ ބުނެފައެވެ. މީގެ އިތުރުން ކައުންސިލަށް ލިބެންޖެހޭ ފައިސާ ނުލިބި ހޭދަވި މުއްދަތާއި އެ ފައިސާ ހޯދުމަށް ކުރެވިފައިވާ މަސައްކަތުގެ އެއްވެސް މައުލޫމާތެއް އެގެން ނެތް އިރު ބައެއް ކުލީ ބިންތަކުން ގަވާއިދުން ފައިސާ ދައްކާފައިނުވާ ކަންވެސް ވަނީ ފާހަގަކުރެވިފައެވެ. މި ބިންތަކުން ގިނަ އަދަދެއްގެ ފައިސާ ތިނަދޫ ކައުންސިލަށް ލިބެންޖެހޭ އިރު 2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި އެ ފަރާތްތަކަށް ފައިސާ ދެއްކުމަށް ސިޓީ ފޮނުވާފައި ވީ ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާއި މެދު އަޅާފައިވާ ފިޔަވަޅުގެ އެއްވެސް ތަފްސީލެއް ނެތެވެ.

މާލިއްޔާތު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގަންނަ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހެއެވެ. އެހެންނަމަވެސް ކައުންސިލް އިދާރާއަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 2021 ވަނަ އަހަރު ލިބިފައިވާ ފައިސާގެ ތެރެއިން 273،771 ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.