English Edition
Dhivehi Edition

ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުން ދަނީ ކުރިއަށް ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އެެރަށު މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ފުރަތަމަ ފިޔަވަހި) ގެ ދަށުން، ނެރަށް ވަދެވެން އޮންނަ އައު ދިމާ ފުންކުރުމުގެ މަސައްކަތުގެ 86 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 75 ޕަސެންޓު ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1,788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމަށް ވަނީ ނިންމާފަ އެވެ. އަދި 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މިއީ 68.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.