English Edition
Dhivehi Edition

އުޑުތަކުގެ ތަރިތައް ބާލާ ފަދައިން ކޮންމެ ވޯޓު ދުވަސްވަރެއްގައި ގެތަކަށް ގޮސް ހާލުބަލައި ބާރުގެ ބޭނުންކޮށްގެން ވަޒީފާތަކަށް މީހުން ނެރެ ޒުވާނުންނާއި ބައްދަލުކޮށް ރަށުގެ ތަރައްޤީއާއި ގުޅޭ ވާހަކަތައް ދައްކައި ރެސްޓޯރެންޓްތަކުގައި މީޓިންތައް ބޭއްވުން ގިނަވެއެވެ.

ނަމަވެސް އެއީ ހޮޅި ވާހަކަތަކާއި މަންޒަރުތަކެއްކަން ރައްޔިތުންނަށް ނޭގުމަކީ ވަރަށް ދެރަވެ ހިތާމަ ކުރަންޖެހޭ ކަމަކެވެ. ކޮންމެ މީހަކުވެސް އެދޭ ކަމެއް ކޮށްދިނުމުން އެމީހަކަށް ވޯޓު ހޯދަން އެނޫން ގޮތަކަށް ބުނާނަމަ ކެމްޕައިން ކުރަން މޭ އައްޑަނަކަށް ނަގައެވެ. ބައެއް މީހުންނަކީ ޕާޓީގެ ރޫޙުގައި ވޯޓުދޭ މީހުންނެވެ. ބައެއް މީހުންނަކީ މަދު ފައިސާ ކޮޅަކަށް ނުވަތަ ވަޒީފާ އަކަށް ވޯޓު ދޭ މީހުންނެވެ. މުސްކުޅިން ބުނެ އުޅެނީ ތެދެކެވެ. “އެދުމެއް ނެތި ވެދުމެއް ނުކުރާނެވެ.” ކޮންމެ މީހަކުވެސް ވިސްނަނީ އަމިއްލަ މަންފާއަކަށެވެ. ރަށުގެ ތަރައްޤީއަށް މަންފާއަށް ވިސްނާނެ މީހަކު ވަރަށް މަދުން ނޫނީ ނުފެނެވެ. އާއެކެވެ. ސިޔާސީ އަކީ މިކަހަލަ ކަމަކެވެ.

ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަކީ އެއަތޮޅުގެ ވެރިކަން ކުރާ ރަށްނަމަވެސް މިހެން ބުނަން މިހާރު ލަދުގަނެވެ. ވެރިކަން ކުރާ ރަށާއި އެ އަތޮޅުގެ އެހެން ރަށްތަކާއި ތަފާތެއް ނެތެވެ. ކޮންމެ ސަރުކާރެއްވެސް ގެންނަނީ އެ ސަރުކާރުން ވެރިކަން ކުރާގޮތް ގޯސްވީމައެވެ. ކުރި ވައުދުތަކާއި ޚިލާފް ވީމައެވެ. އެހެންކަމުން އަލަށް ވެރިކަމާއި ހަވާލުވާ ސަރުކާރަކުން ތަފާތު ދައްކަން އެބަޖެހެއެވެ. ނަމަވެސް އެކަން ކަމުން ބަރީޢަ ވާން ބޭނުން ކުރަނީ އެއްމެ ޝިއާރެކެވެ. އެއީ “ކުރީ ސަރުކާރު” މި ނޫން އިތުރު އެއްޗެއް ވޯޓު ހޯދަން އަންނަ ވަފުދުން ނުކިޔައެވެ.

ވިލިނގިއްޔަކީ އެ އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދުމަށްޓަކައި ޒިޔާރާތް ކުރާ މައި ހަބެވެ. ވިޔަފާރި ކުރުމަށާއި ބީ.އެމް.އެލް ޙިދުމަތެއް ހޯދަން ޖެހުނަސް އެސް.ޓީ.އޯ، ސިއްޙީ، ލައިސެންސް އަދި ޑްރަގް ޓްރީމެންޓް ފަރުވާ ހޯދަން ޖެހުނަސް އެ އަތޮޅުގެ ރައްޔިތުން ޒިޔާރާތް ކުރަން ޖެހެނީ ވިލިނގިއްޔަށެވެ. ނަމަވެސް ރަށުގެ ރީތިކަން ފެންނާނީ އެރަށެއްގެ މަލަމަތި ރީތިވީމަ އޭ ބުނާއަޑު އަހަމުހެއްޔެވެ؟ ހިދުމަތް ހޯދަން އަންނަ ފަރާތްތައް ބޭނުން ކުރާ ވިލިނގިލި މައި ބަނދަރު ހާލަތު ބަލާލާނެ މީހަކު ނެތެވެ. 2004 ވަނަ އަހަރު މުޅި ރާއްޖެއަށް ސިއްސުވާލި ސުނާމީ ކާރިސާގައި ވިލިނގިލި ބަނދަރު ހަލާކުވި ގޮތަށް އެއްވެސް މަރާމާތެއް ނުކުރެއެވެ. 2015 ވަނަ އަހަރު އޮގަސްޓް މަހުގައި މަސައްކަތް ފެށި ބަދަރު 08 އަހަރުވީ އިރުވެސް ނިމޭކަމަކަށް ނުވެއެވެ. މިހާރު ރައްޔިތުންގެ ސުވާލަކީ 02 ދައުރުގެ ވެރިކަމަކުން ނުނިމުނު ބަދަރެއް 2023 ވަނަ އަހަރުގައި ނިމޭނެ ބާ؟

https://aonews.mv/96276?swcfpc=1#

(ވިލިނގިލި ބަނދަރާއި ގުޅިގެން މީގެ 1 އަހަރު ކުރިން ލިޔެފަ އިން ރިޕޯޓެއް! ކިޔާލަން ރަނގަޅު)

ވިލިނގިއްޔާއި ކޫއްޑޫ ބްރިޖް އަކުން ގުޅުވާލުމަކީ އެމް.ޑީ.ޕީ ގެ ވައުދެކެވެ. ސާރވޭ ތަކަށް ބޮޑު ބަޖެޓްތަކެއް ސަރުކާރުން ކަނަޑައަޅައެވެ. ނަމަވެސް ބްރިޖްގެ އަމަލީ މަސައްކަތެއް ނުފެނެއެވެ. އެމް.ޑީޕީގެ ވެރިކަން ނިމުމަކާ ކައިރިވެ ރިޔާސީ ވޯޓުގެ ކެމްޕައިން ފަށާއިގެން އުޅޭއިރު މި ބްރިޖްއާއި ގުޅިގެން ސުވާކުރައްވާނެކަމީ ޔަގީން ކަމެކެވެ. ނަމަވެސް ޖަހާހާ ބެރަކަށް ނަށާހެން ރައްޔިތުން ނަށާ މަންޒަރު ވިލިނގިލިން ފެނިގެންދެއެވެ. ދިރުބާކޮޅަށް ރަނގަޅު މީހަކު އަރުވާއިގެން ނޫނީ މަންޒިލަކަށް ދަތުރެއް ނުކުރެވޭނެއޭ ބުނާ އަޑު އަހަމު ހެއްޔެވެ؟ ކޮންމެ ރަށެއްވެސް ތަމްސީލު ކުރަން ރައްޔިތުންގެ އަގުލަބިއްޔަތުން ރައްޔިތުންގެ މަޖިލީހަށް މީހަކު ހޯދައިފައި ހުރެއެވެ. އެއީ ރައްޔިތުންގެ އަޑު މަޖިލީސް ތަޅުން ގަނޑުގައި އިއްވުމަށްޓަކައި ހޮވާފައިވާ ބޭފުޅުންތަކެކެވެ. ނަމަވެސް ވިލިނގިލި – ކޮލަމާފުށި ދާއިރާގެ އިއްޒަތްތެރި މެމްބަރު ވިލިނގިއްޔަށް ކޮށްދެއްވި ކަމެއް ފެންނާކަށް ނެތެވެ. މި ދެންނެވި ދާއިރާ ތަމްސީލް ކުރަން 10 އަހަރު މަޖިލީހުގައި މެމްބަރު ސައުދު ޙުސައިން ހޭދަކުރައްވާފައި ވާއިރު ވިލިނގިލި ބަދަރު ކީތްކުރަން ވިލިނގިލި – ކޫއްޑޫ ބްރިޖް ވާހަކަ އެއްވެސް ނެތެވެ.

10 އަހަރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާ ތަމްސީލު ކުރެއްވި ބޭފުޅާއަށް ނުވި ކަންތައް އިތުރު ދައުރެއް އެ ބޭފުޅާއަށް ދީފިއްޔާ މަޖިލީސް ތަޅުން ގަނޑުގައި ވިލިނގިލި ހާލަތުގެ އަޑުގަދަވެދާނެތޯ؟

އެމް.ޑީ.ޕީއަށް އިތުރު ފުރަސަތެއް ދީފިއްޔާ ހާލަތު ބަދަލުވެދާނެތޯ؟

ވިލިނގިލީ ރައްޔިތުން ގުނބޯ ހެދިއްޖެއެވެ. ދެނެއް ނުހެދޭނެވެ. ރައްޔިތުން ހޭލާ މިފަހަރު ވޯޓް ދޭންވީ ތަރައްޤީއާއި މުސްތަޤްބަލަށް! ވޯޓަކީ ރައްޔިތުންގެ ހައްޤެއް، ގޮތް ނިންމާނީ ރައްޔިތުން!

1 ކޮމެންޓް
Verikan
ޖެނުއަރީ 24, 2023
Thy komme bayaku ves verikamah ais kantha kuraa goi. Thi manzaru aharumen lolah feney MDP PPM verikamugai ves. Hus fakka Rudin.