English Edition
Dhivehi Edition
ހިތަދޫ ސިޓީ ސްކޮޔަރ: ފޮޓޯ އިންޓަނެޓް

އައްޑޫސިޓީގެ ސިޓީ ސްކޮޔަރ އެކި ޙަފްލާތަކަށް ކުއްޔަށް ދޫކުރުމަށް ނިންމާ، އެ ތަން ދޫކުރުމާއި ބެހޭ އުސޫލު އައްޑޫ ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އައްޑޫސިޓީ ކައުންސިލުން ދޭ ރަށްވެހި ކަމުގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އާންމު ޕާކުތަކާއި މުނިފޫހި ފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، އައްޑޫސިޓީ ހިތަދޫގައި ތަރައްޤީކޮށްފައިވާ ސިޓީ ސްކޮޔަރ ކުއްޔަށްދިނުމާއި ބެހޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން މިދިޔަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާކަމަށެވެ.

އައްޑޫ ސިޓީ ސްކޮޔަރ ތިން ޒޯނަކަށް ބެހުމަށްފަހު އެ ސަރަހައްދު ކުއްޔަށް ދިނުމަށް ނިންމާފައިވާ އަގުތައް ސިޓީ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. މި ގޮތުން

  • ޒޯން1: 12 ގަޑިއިރަށް 5،000 ރުފިޔާ އަށް ދިނުމަށް ހަމަޖެހިފައިވާއިރު 24 ގަޑިއިރަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000 ރުފިޔާއަށެވެ.
  • ޒޯން2: 12 ގަޑިއިރަށް 7،000 ރުފިޔާ އަށް ދިނުމަށް ހަމަޖެހިފައިވާއިރު 24 ގަޑިއިރަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 14،000 ރުފިޔާއަށެވެ.
  • ޒޯން3: 12 ގަޑިއިރަށް 5،000 ރުފިޔާ އަށް ދިނުމަށް ހަމަޖެހިފައިވާއިރު 24 ގަޑިއިރަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000 ރުފިޔާއަށެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ކަނޑައެޅި އުސޫލުގައި ވާ ގޮތުން އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަށް ސިޓީ ސްކޮޔަރ ދޫނުކުރާނެކަމަށް ވަނި ބަޔާންކޮށްފައެވެ.