“36 ވަނަ ސޫރަޖްކުންދު އިންޓަރނޭޝަނަލް ކްރާފްޓްސް މޭލާ”ގައި ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ކުރި އިއުލާނުގައި ވަނީ މިއީ އިންޑިއާގެ ސޫރަޖްކުންދު މޭލާ އޮތޯރިޓީ އެންޑް ހަރްޔާނާ ޓޫރިޒަމް އްދި ޔޫނިއަން މިނިސްޓްރީ އޮފް ޓޫރިޒްމް، ޓެކްޓައިލްސް، ކަލްޗަރ އެންޑް އެކްސްޓަރނަލް އެފެއާޒް ގުޅިގެން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެއް ކަމަށެވެ،
ދިވެހިރާއްޖެއިން މި އިވެންޓްގައި ބައިވެރިވުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދައުވަތު ދީފައިވާކަމަށް މި އިއުލާނުގައި ވަނީ ބުނެފައެވެ. މި އިވެންޓްގައި ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ލިބިފައިވާއިރު މި އިވެންޓްގައި ބައިވެރިވާ 9 ފަރާތަކަށް އިންޑިއާގައި ހުރުމާއި ކެއުން އަދި އިންޑިއާގެ އެތެރޭގެ ދަތުރުފަތުރު އިންޑިއާގެ އިވެންޓް އިންތިޒާމް ކުރާފަރާތުން ހަމަޖައްސައިދޭނެކަމަށެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ވަނީ މި އިވެންޓްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، ބައިވެރިންގެ ނެށުން/މިއުޒިކްއާ ގުޅޭ ކުޑަ ވީޑިއޯ ކްލިޕެއް، ހައިރެޒޮލިއުޝަން ފޮޓޯއެއް އެދި ބައިވެރިވާ ވަފުދުގެ ލިސްޓް ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ ރިސެޕްޝަން ނުވަތަ [email protected] އީމެއިލްއަށް 12 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ފޮނުވައި ދިނުމަށް އެދިފައެވެ.