ސ. ހިތަދޫ އިސްލާމިކް ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް, މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި އިއުލާނަށް އިތުރު ބަދަލުތަކެއް ގެނެސް، އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެދިލެއްވުމުގެ މަތިން ސ.ހިތަދޫ އިސްލާމިކް ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)13-K/13/2022/390 )21 ޑިސެންބަރު 2022) އަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު ފައިސާ ބަލައިގަންނާނީ 15 ނޮވެންބަރު 2022 އިން 17 ޖަނަވަރީ 2023 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/235,000ރ (ދެލައްކަ ތިރީސް ފަސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭއިރު ބިޑުތައް ހުޅުވުން އޮންނާނީ 19 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
އިއުލާނުގެ ލިންކް: https://www.gazette.gov.mv/iulaan/222635