English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ހިޔާ ފްލެޓެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއ، ގިނަ އަދަދެއްގެ ފައިސާއާއެކު 4 މީހަކު ހައްޔަރުކޮށްފިއެވެ.

މި ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައެެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ:

  • އިބްރާހީމް ޝަރީފް (40އ) – ގ. ސެމިޓޯން
  • އަބްދުﷲ ހަސަން (41އ) – ގދ. ކޮލަމާފުށި/ އޯޝަންބްލޫ
  • ހުސައިން ރިޔާޒު (33އ) – ހދ. ނޭކުރެންދޫ/ އިރުދޭމާގެ
  • އަބްދުﷲ ޖަމީލު (32އ) – ގއ. ދާންދޫ/ ވަލުތެރޭގެ

ފުލުހުން ވަނީ މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިޔާ ފްލެޓް H9-20-11 އެޕާޓްމަންޓް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވާ ކަމަށް ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.