English Edition
Dhivehi Edition
ރައީސް ޔާމީނާއި ރައީސް ނަޝީދު --- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ޖަލަށްލުމަކީ އުފާ ކުރަން ޖެހޭކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ،

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ބަޔަކުވެސް، އެބައެއްގެ ލީޑަރަކަށް ދެރަގޮތެއްވުމުން އުދާސްތަކާއި އިހްސާސްތައް އަންނާކަމަށެވެ. އަދި އެކަމާއި އެބަޔަކު ނުރުހޭނެ ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ނަންފުޅު، ވޯޓު ކަރުދާސް ކޮޅުގައި ނެތަސް، ޕީޕީއެމް/ޕީއެންސީ އިން ކެންޑިޑޭޓަކު ނެރުއްވާނެކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި އަދި އެއްވެސް ހާލެއްގައި އެއްވެސް މީހަކު ޖަލަށް ލައިގެން، އެ މާމޮޅުކަމަކަށް ހަދައިގެން އުޅުއްވި ބޭފުޅެއް ނޫންކަމަށެވެ. “ދެން އެއީކީ އަޅުގަނޑު ހަމަ އެއްގޮަތަކަށްވެސް ދާން ބޭނުންވާ ތަނެއް ނޫން.”. ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމާއި ގުޅޭ ގޮތުން ވާހަކަދައްކަން ބޭނުންނުވާކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އުފުލިފައި ވަނީ ގާނޫނުގައިވާ މާއްދާތަކުގެ ތެރެއިން މާއްދާގައިވާ ދައުވާއެއްކަމަށެވެ.