English Edition
Dhivehi Edition

އިލެކްޝަންސް ކޮމިޝަނުން, މާލީ ބަޔާން ހުށަނާޅާ ހަތް ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފިއެވެ.

މާލީ ބަޔާން ހުށަނާޅާ ކޮންމެ ޕާޓީއެއް ޖޫރިމަނާކޮށްފައިވަނީ 20،000 ރުފިޔާއިންނެވެ. ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ބެލެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކޮށް އިލެކްޝަން ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ޚަރަދު ކުރާ ގޮތް އެނގެން ޖެހޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް މާލީ ބަޔާން ހުށަނާޅައިގެން ޖޫރިމަނާ ކުރި ޕާޓީތަކުގެ ތެރޭގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ) ގެ އިތުރުން އަދާލަތު ޕާޓީ ހިމެނެއެވެ. މީގެ އިތުރުން މިހާރު އުވާލާފައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓކް ޕާޓީ، މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ހިމެނެއެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، 10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް ދައުލަތުން ފައިސާ ދެއެވެ.