English Edition
Dhivehi Edition
ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ 33 ފަރާތަކަށް، ބީއެމްއެލް އިން މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރުމަށް ނިންމައިފިއެވެ،

ބީއެމްއެލް އިން ވީލްޗެއާ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފެށީ 2017 ވަނަ އަހަރު އެވެ. މި ޕްރޮގްރާމްގެ ދަށުން ބީއެމްއެލް އިން މިހާތަނަށް ގިނަ އަދަދެއްގެ މީހުންނަށް ވީލް ޗެއާ ވަނީ ހަދިޔާކޮށްފައެވެ. މި ގޮތުން ބީއެމްއެލް އިން ބުނީ އަލަށް ހަދިޔާ ކުރާ ވީލްޗެއާއާ އެކު މިހާތަނަށް 200 އަށް ވުރެ ގިނަ މީހުންނަށް ވީލްޗެއާ ހަދިޔާކުރެވުނީ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލްއިން އަބަދުވެސް ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. މީގެ އިތުރުން ކާލް ބުނީ މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން ގިނަ މީހުންނާއި އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރެވިފައިވާކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ކާލް ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

ބީއެމްއެލް އިން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ،