English Edition
Dhivehi Edition
އައްޑޫ ސިޓީ ފޭދޫގައި ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާއި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޮޑު މުޒާހަރާއެއް ބާއްވަން ނިންމައިފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި، މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

މި މުޒާހަރާކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 4:00 ގައެވެ. މާލޭގައި މުޒާހަރާ ފަށާ ސަރަހައްދެއް ފަހުން އިއުލާން ކުރާނެ ކަމަށް ކޯލިޝަނުން ވަނީ ބުނެފައެވެ

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރީ “ހަރާމް” ހުކުމެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިހާރުވެސް މާލޭގައި މުޒާހަރާކުރަމުން އަންނައިރު މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައީސް ޔާމީން ސަލާމަތްކުރުމަށް ކުރިއަށް ގެންދާ މި މުޒާހަރާގައި ގައުމަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް ގޮވާލާފައެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުކުރު ދުވަހު މުޒާހަރާކުރުމަށް ނިންމާފައިވާއިރު މުޒާހަރާގައި ޔާމީނުގެ ސަޕޯޓަރުންނާއި އިދިކޮޅު ކޯލިޝަނުގެ މެންބަރުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.